📖 ފަތުވާ: މުރުތައްދުވި މީހާ ތައުބާވިކަމުގައި ސާފުކޮށް ފާޅުނުވާނަމަ، އަޞްލަކީ ޙާލަތް އެއޮތް ގޮތުގައި ދެމިއޮތުމެވެ. ⏪ މީގެ ދަށުން: އޭނާ މަރުވެއްޖެ ނަމަ އެޙުކުމް ދެމެހެއްޓުމަށް އަލުން ޙާލަތް ބަލާހޯދަން ޖެހޭނެތޯ؟ 🔗 https://mono.glndn.com/s/IskyxwHPcl ~ ގަލަންދާނު 🖋️
Open in TelegramPosts of Galandān ގަލަންދާނު
💬 ❞ ދަންނާށެވެ! ކޮންމެ މުކައްލަފެއްގެ މައްޗަށް ވާޖިބުވެގެންވަނީ އެންމެހާ ވާހަކައަކުން އޭނާގެ ދޫ ރައްކާތެރިކުރުމެވެ. އެއީ ސާފު މަޞްލަޙަތެއް (އެބަހީ ހެވެއް) އޮތް ބަހެއްގައި މެނުވީއެވެ. އަދި ވާހަކައެއް ދެއްކުމާއި ނުދައްކައި ހުރުމުގައި މަޞްލަޙަތު އެއްހަމަވެއްޖެ ހިނދު، ސުންނަތުގެ މަގަކީ އެ ވާހަކައަކުން ދޫހިފެހެއްޓުމެވެ. ސަބަބަކީ، ހުއްދަ ވާހަކައެއްގެ ސަބަބުން ހަރާމް ކަމަކަށް ނުވަތަ މަކުރޫހަ ކަމަކަށް ވާސިލުވެދާނެތީއެވެ. އަދި ޢާންމުކޮށް ކަންތައް ވާގޮތަކީ މިއެވެ. އަދި (ނުބަޔަކަށް ވެއްޓުމުން) ސަލާމަތްވެގެން ހުރުންފަދަ ⌝ހެވެއް⌜ ނުވެއެވެ. ❝ — އައްނަވަވީ رحمه الله (رياض الصالحين، ص ٣٤٩) ~ ގަލަންދާނު 🖋️ اعْلَمْ أَنَّهُ يَنْبَغِي لِكُلِّ مُكَلَّفٍ أَنْ يَحْفَظَ لِسَانَهُ عَنْ جَمِيعِ الْكَلَامِ إِلَّا كَلَامًا ظَهَرَتْ فِيهِ الْمَصْلَحَةُ، وَمَتَى اسْتَوَى الْكَلَامُ وَتَرْكُهُ فِي الْمَصْلَحَةِ، فَالسُّنَّةُ الْإِمْسَاكُ عَنْهُ؛ لِأَنَّهُ قَدْ يَنْجَرُّ الْكَلَامُ الْمُبَاحُ إِلَى حَرَامٍ أَوْ مَكْرُوهٍ، وَذَلِكَ كَثِيرٌ فِي الْعَادَةِ، وَالسَّلَامَةُ لَا يَعْدِلُهَا شَيْءٌ
Open in Telegram❓ ޖަނާޒާ އާއި ކަށުނަމާދާއި މެދު ގެނެސްދެވިފައިވާ ލިޔުން ތަކުގެ އަރުޝީފު ⬆️މަރުމަތީ ޝަހާދަތް ލައިދިނުން (ބަސްކޮޅު) ⚙️އިންފޮގުރެފިކް: ކަށުނަމާދު ކުރާނެ ގޮތް (ފޮޓޯ) ⬆️އެއްވަޤުތެއްގައި ގިނަ މައްޔިތުންނަށް އެއް ކަށުނަމާދު ކުރެވޭނަމަ، އެއިން ލިބޭނީ އެއް ޖަނާޒާގެ އަޖުރުތޯ (ފަތުވާ) ⬆️ޣައިބަށް ކަށުނަމާދު ކުރުމުގެ މައްސަލާގައިވާ ޚުލާޞާ (ފަތުވާ) ⬆️ޤަބަުރުސްތާނަށް ޒިޔާރަތް ކުރުމާއި، ޖަނާޒާއަށްޓަކައި ވަނުމުގައި އެކުލެވޭ ބައެއް އަދަބުތަކާއި ރާއްޖޭގައި ދިމާވާ ބައެއް ޚިލާފުތަކަށް ނަޒަރެއް (ލިޔުން) ⬆️(ވަޅުލުމުގައި) މައްޔިތު މީހާގެ ޤަބުރަށް ވެލި މުށް ވަކިއަދަދަކަށް އުކުމުގެ މައްޗަށް ޘާބިތެއް ނޫން (ބަސްކޮޅު) ⬆️ދުޢާ ކުރުމުގައި ޤިބުލަޔަށް ކުރިމަތިލުމުގެ ޙުކުމް އަދި މީގެ ދަށުން: ޖަނާޒާގައި މައްޔިތާއަށް ދުޢާ ކުރުމާއި ގުޅުންހުރި ބައެއް އަދަބުތައް (ލިޔުން) ⬆️މަހާނަތައް ކައިރިޔަށް އަންހެނުން ޒިޔާރަތް ކުރުމުގެ ޙުކުމުގެ މައްޗަށް: ޚުލާޞާއެއް (ފަތުވާ) ~ ގަލަންދާނު 🖋️
Open in Telegram✅ ރަތްކުލައިގެ ހެދުން ލުމުގެ ޙުކުމް ޙަދީޘް رَأَيْتُ بِلاَلاً يُؤَذِّنُ وَيَدُورُ وَيُتْبِعُ فَاهُ هَا هُنَا وَهَا هُنَا وَإِصْبَعَاهُ فِي أُذُنَيْهِ وَرَسُولُ اللَّهِ ﷺ فِي قُبَّةٍ لَهُ حَمْرَاءَ… فَخَرَجَ بِلاَلٌ بَيْنَ يَدَيْهِ بِالْعَنَزَةِ فَرَكَزَهَا بِالْبَطْحَاءِ فَصَلَّى إِلَيْهَا رَسُولُ اللَّهِ ﷺ… وَعَلَيْهِ حُلَّةٌ حَمْرَاءُ كَأَنِّي أَنْظُرُ إِلَى بَرِيقِ سَاقَيْهِ. قَالَ سُفْيَانُ نُرَاهُ حِبَرَةً އަބޫ ޖުޙައިފާ رضي الله عنه ވިދާޅުވިއެވެ: "ބިލާލުގެފާނު، އެކަލޭގެފާނުގެ އިނގިލިފުޅުތައް ކަންފަތްޕުޅަށް ލައްވައިގެން، މޫނުފުޅު އަނބުރާލައްވަމުން ބަންގިގޮވާލައްވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. އެވަގުތު ނަބިއްޔު ﷺ އިންނެވީ ރަތް ދިބާޣުހަން ފޭލިގެކޮޅެއްގައެވެ. ބިލާލުގެފާނު ޢަނަޒާ (ކުރު ލޮންސިއެއް) ހިއްޕަވައިގެން ނުކުމެވަޑައިގެން ހަމަޔަށްއޮތް ބިމުގައި އެ ޖެއްސެވިއެވެ. އަދި ނަބިއްޔު ﷺ އެއާއި ދިމާވާގޮތަށް ހުއްޓިހުންނަވައި ނަމާދުކުރެއްވިއެވެ. އެކަލޭގެފާނުގެ ކުރިފުޅުމަތިން ކުއްތާއަކާއި ޙިމާރެއް ދިޔައެވެ. އެކަލޭގެފާނު އަޅުއްވައިގެން ހުންނެވީ ރަތް ކުލައިގެ ޙުއްލާއެކެވެ." [އަބޫ ޖުޙައިފާ އިތުރަށް ވިދާޅުވިއެވެ:] "އެކަލޭގެފާނުގެ ކަށިމަތީގެ އަލިކަން ތިމަންކަލޭގެފާނަށް ފެންނަފަދައެވެ." [ރާވީ] ސުފްޔާން (އައްޘައުރީ) އިތުރުކުރެއްވިއެވެ: "ތިމަންކަލޭގެފާނަށް ހީވާގޮތުން އެއީ ޙިބަރާ އެކެވެ (ޔަމަންކަރައިގެ ރޮނގުދެމި މޮޅު ފޭރާމެކެވެ)." މިޙަދީޘު ޝަރަޙަ ކުރައްވަމުން އަހަރެމެންގެ ޝެއިޚު، ޢަބްދު ﷲ އައްސަޢްދު ވިދާޅުވިއެވެ: ❞....އެއާއެކު، (މިޙަދީޘުގައި) ރަތް ކުލައިގެ ޙުއްލާ (މަތީބަޔާއި ތިރީބައި ދެބަޔަށް އޮންނަ ހެދުން) ގެ ވާހަކަވެސް ބަޔާންކުރެވިފައިވެއެވެ. މިއީވެސް ޚިލާފު އުފެދިފައިވާ މައްސަލައެކެވެ. އެއީ (ސާދާ) ރަތްކުލައިގެ ހެދުން އެޅުމުގެ މައްސަލައެވެ. މި މައްސަލާގައި އޮތް ރައުޔުތަކުގެ އަދަދު ހަތެއް ނުވަތަ އަށަކަށް އަރައެވެ. އަހަރެންނަށް ހަނދާންވާ ގޮތުން، އަލްޙާފިޡު އިބްނު ޙަޖަރު މި މައްސަލާގައި 8 ރައުޔެއް ބަޔާންކުރައްވާފައިވެއެވެ. އެންމެ ރާޖިޙު (ބުރަދަންބޮޑު) ރައުޔަކީ ރަތްކުލައިގެ ހެދުން އެޅުމަކީ މަކްރޫހަވެގެންވާ ކަމެއް ކަމެވެ. (ނޫނީ ޖާއިޒު އެހެނަސް އައުލާގޮތަކީ ނުލުން ކަމުގައެވެ.) ⁽¹⁾ އަދި އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. ޙަރާމް ކަމެއް ނޫން ކަމެވެ. ރަސޫލުﷲ ﷺ ރަތްކުލައިގެ ޙުއްލާއެއް އެޅުއްވިކަން މި ޙަދީޘުން ސާބިތުވެއެވެ. ބައެއް ޢިލްމުވެރިން މިއަށް ޖަވާބުދެއްވަމުން ވިދާޅުވެފައިވަނީ "ރަތް ޙުއްލާ" ގެ މުރާދަކީ ސާފު ރަތްކުލައިގެ ހެދުމެއް ނޫން ކަމަށާއި، އެއީ ރަތްކުލަ ގިނައިން އެކުލެވޭ ހެދުމެއް ކަމަށެވެ. މިއީ އިބްނުލް ޤައްޔިމް (رحمه الله) އާއި އެނޫންވެސް ބޭކަލުން އިޚްތިޔާރުކުރެއްވި ރައުޔެވެ. އައްޝައުކާނީ އާއި އެނޫން ބޭކަލުން މިރައުޔަށް ޚިލާފުވެވަޑައިގަތެވެ. އެބޭކަލުން ވިދާޅުވީ، ޞަޙާބީ އެއްވެސް އިސްތިޘްނާއެއް ނެތި އެއީ ރަތް ޙުއްލާއެއްގެ ގޮތުގައި ސިފަކުރައްވާފައިވާ ކަމަށެވެ. (ޙައްޤު ގޮތާއި) އެންމެ ގާތް ރައުޔަކީ އަލްޝައުކާނީގެ ރައުޔެވެ. އަދި އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އެއީ އެ ޙުއްލާއަކީ (އިތުރު ކުލަތަކެއް އެކުލެވިފައިނުވާ ސާދާ) ރަތް ޙުއްލާއެއް ކަމެވެ. މިއީ ޙަދީޘްގެ ހާމަޔަށް އޮތް ލަފްޒުން ދޭހަވާ ގޮތެވެ. އަދި ދަލީލެއްގެ މައްޗަށް ނޫނީ އެޔަށް ތައުވީލެއް ކުރުމަށް (އެހެން މާނައަކަށް އަނބުރާލުމަށް) އަހަރެމެން ރުޖޫޢައެއް ނުވަމުއެވެ. އިބްނުލް ޤައްޔިމް ވިދާޅުވި ބަސްފުޅަށް ސާފު ދަލީލެއް އޮތްކަމެއް އަހަރެމެންނަށް އެނގިފައެއް ނެތެވެ. މި މައްސަލައިގައި (ޙައްޤާއި) އެންމެ ގާތް ރައުޔަކީ ރަތްކުލައިގެ ހެދުން މަކްރޫހަވުމެވެ. އެހެންނަމަވެސް، ހެދުމުގައި ރަތްކުލައާއެކު އެހެން ކުލަތައް އެކުލެވޭނަމަ، މިޘާލަކަށް ހުދުކުލަ، (މިޙާލަތުގައި) ރާޖިޙު ރައުޔަށް ބަލާއިރު އެއީ މަކްރޫހަ ކަމެއް ނޫނެވެ. ނަމަވެސް، ޙުއްލާ ނުވަތަ ހެދުމަކީ ސާފު ރަތްކުލައިގެ ހެދުމެއްނަމަ، އެއީ ހަމައެކަނި މަކްރޫހަ ކަމެކެވެ. ސަބަބަކީ ނަބިއްޔު ﷺ އެކަން ނަހީކުރައްވާފައިވާތީއެވެ. މިކަން ގިނަ ޙަދީޘްތަކެއްގައި ވާރިދުވެފައިވެއެވެ. ގާތްގަނޑަކަށް ވިއްސަކަށް ޙަދީޘްގައި އެކަމުގައި ވެއެވެ. އެހެނަސް، މި (ވާހަކަދެކެވޭ) ޙަދީޘުން ދޭހަވަނީ ކުރިން އައިސްފައިވާ ނަހީއަކީ މަކްރޫހަކަމުގެ ނަހީއެއް ކަމަށެވެ؛ ޙަރާމްކަމުގެ ނަހީއެއް ނޫން ކަމަށެވެ. ޙަދީޘްތަކުގެ މެދުގައި ޖަމްޢުކުރެވޭ (ގުޅުވާލެވޭ) ގޮތަކީ މިއީއެވެ. ❝ — އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު) ~ ގަލަންދާނު 🖋️ ـــــــــــــــــــــــــ [1] އެހެންތަނެއްގައި އައްސަޢްދު ވިދާޅުވިއެވެ: "(ހުށަހެޅިފައިވާ) ސުވާލަކީ ރަތް ކުލައިގެ ހެދުމާ ބެހޭގޮތުންނެވެ. ފަހަރެއްގައި މި މައްސަލައިގައި އެންމެ ބުރަވެވޭ ގޮތަކީ ރަތް ކުލައިގެ ހެދުން އެޅުން ހުއްދަވުމެވެ. (ޖާއިޒުވުމެވެ.) އެއީ ރަސޫލު ﷲ ﷺ ރަތް ކުލައިގެ ޙުއްލާއެއް ތުރުކުރެއްވި ކަމަށް އަލްބަރާާއު ބުނު ޢާޒިބު رضي الله عنه ގެ އަރިހުން ވާރިދުވެފައިވާ ޙަދީޘަށްޓަކައެވެ. އެހެންކަމުން އެންމެ ސާފު ގޮތަކީ އެއީ ހުއްދަ ކަމެއް ކަމުގައިވުމެވެ. ނަމަވެސް އެންމެ އައުލާ ގޮތަކީ އެ ނުލުމެވެ. އިސްކަންދޭންވީ ގޮތަކީ މިއީއެވެ. އެހެންނޫންނަމަ، އަޞްލު ޙުކުމަށް ބަލާއިރު އެއީ ޖާއިޒު ކަމެއް ގޮތުގައި ވުމެވެ."
Open in Telegram✅ Is Wearing Solid Red Cloths Prohibited? Ḥadīth: رَأَيْتُ بِلاَلاً يُؤَذِّنُ وَيَدُورُ وَيُتْبِعُ فَاهُ هَا هُنَا وَهَا هُنَا وَإِصْبَعَاهُ فِي أُذُنَيْهِ وَرَسُولُ اللَّهِ ﷺ فِي قُبَّةٍ لَهُ حَمْرَاءَ… فَخَرَجَ بِلاَلٌ بَيْنَ يَدَيْهِ بِالْعَنَزَةِ فَرَكَزَهَا بِالْبَطْحَاءِ فَصَلَّى إِلَيْهَا رَسُولُ اللَّهِ ﷺ… وَعَلَيْهِ حُلَّةٌ حَمْرَاءُ كَأَنِّي أَنْظُرُ إِلَى بَرِيقِ سَاقَيْهِ. قَالَ سُفْيَانُ نُرَاهُ حِبَرَةً Abū Juḥayfa said: I saw Bilāl giving the adhan, turning his face from side to side with his fingers in his ears, while the Prophet ﷺ was in a red leather tent. Bilāl came out with the ʿanazah (a short spear) and planted it in the flat groud, and the Prophet ﷺ prayed facing it. A dog and a donkey passed in front of him. He wore a red ḥullah. [Abū Juḥayfa added] it was as if I could see the gleam of his shins. [The narrator] Sufyān (al-Thawrī) added: I think it was a ḥibara. (a striped Yemeni cloth). In his explanation of the ḥadīth, our Shaykh Al-Saʿd said: ❝ ...Likewise, the red ḥullah (a matching set of upper and lower garments) is mentioned. This issue is also disputed, namely wearing (solid) red clothing, and the views on it reach seven or eight. As I recall, or as I think, al-Ḥāfiẓ Ibn Ḥajar mentioned eight views. The preponderant (rājiḥ) view, and Allah knows best, is that red clothing is only disliked (makrūh) and not forbidden (ḥarām). It is established in this hadith that the Messenger of Allah ﷺ wore a red ḥullah. Some have answered this by saying that "red ḥullah" means one in which red predominates, not one that is purely red, as Ibn al-Qayyim, may Allah have mercy on him, and others held. Al-Shawkānī and others disagreed. They said the Companion described it as a red ḥullah without any exception. The closer view, and Allah knows best, is al-Shawkānī's: the ḥullah was red. That is the apparent wording of the ḥadīth, and we do not resort to figurative interpretation (taʾwīl) without evidence. We know of no clear evidence for what Ibn al-Qayyim said. This is perhaps the closest view (to what is correct) on the issue: red clothing is disliked. However, if the garment has redness together with other colours, such as white, then according to the preponderant view it is not disliked. But if the ḥullah or garment is purely red, it is only disliked, because the Prophet ﷺ prohibited it. This is reported in many ḥadīths, perhaps as many as twenty. Yet this ḥadīth (in question) indicates that the earlier prohibition is one of dislike (karāhah), not unlawfulness (taḥrīm). This is how the ḥadīths are reconciled. ❞ — Al-Shaykh Al-Muḥaddith ʿAbdullah Al-Saʿd (audio) ~ Galandān 🖋️ ----------------------------- Note: The Sheikh stated in another place: “Perhaps the most correct view in this matter is that red clothing is permissible (jāʾiz), based on the ḥadīth of Al-Barāʾ ibn 'Āzib that the Messenger of Allah ﷺ wore a red ḥullah. So, the preferred view is that it is permissible, but the better course is not to wear it—that is the primary recommendation. Otherwise, the underlying basis of permissibility is that it is indeed permissible.”
Open in Telegram📖އާޔަތެއްގެ ހިޔަލުގައި (6) النساء ސޫރަތުގައި ހިޖުރައިގެ ވާޖިބާއި މެދު ﷲ ވަޙީ ކުރައްވަމުން، އިސްތިޘްނާއެއްް ގެންނަވައި ވަޙީކުރެއްވިއެވެ: ▶️إِلَّا الْمُسْتَضْعَفِينَ مِنَ الرِّجَالِ وَالنِّسَاءِ وَالْوِلْدَانِ لَا يَسْتَطِيعُونَ حِيلَةً وَلَا يَهْتَدُونَ سَبِيلًا ▫️ فَأُولَٰئِكَ عَسَى اللَّهُ أَن يَعْفُوَ عَنْهُمْ ۚ وَكَانَ اللَّهُ عَفُوًّا غَفُورًا◀️[النساء 98-99] [[(هجرة ކުރާނެ) ގޮތެއްގެ ކުޅަދާނަކަން ލިބިގެންނުވާ، އަދި، (هجرة ޔަށް) ދާނެމަގެއް ފެނިފައިނުވާ ނިކަމެތި ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދިން މެނުވީއެވެ. • ފަހެ އެއުރެންނަށް އެއުރެންގެ ފާފަތައް ﷲ ފުއްސެވުން أمّيد ކުރެވެއެވެ. ގިނަގިނައިން عفو ކުރައްވާ ފާފަ ފުއްސެވުން ބޮޑުވެގެންވާކަލަކުކަމުގައި. ﷲ ވޮޑިގެންވެއެވެ.]] އައްޝަޥްކާނީ ވިދާޅުވިއެވެ: [﴿فأولئك﴾ إشارة إلى المستضعفين الموصوفين بما ذكر ﴿عسى الله أن يعفو عنهم﴾ وجيء بكلمة الإطماع لتأكيد أمر الهجرة ، حتى يظن أن تركها ممن لا تجب عليه يكون ذنبا يجب طلب العفو عنه . ] )فتح القدير 1/323) ❞ ﴿فَأُولَٰئِكَ﴾ ((ފަހެ އެއުރެންނަށް)) މިއީ ބަޔާންވެދިޔަ ސިފަތަކުން ސިފަލިބިގެންވާ ނިކަމެތިންނަށް އިޝާރާތްކުރައްވައި ވަޙީކުރައްވާފައިވާ ބަސްފުޅެކެވެ. ﴿عَسَى اللَّهُ أَن يَعْفُوَ عَنْهُمْ﴾ ((ﷲ އެބައިމީހުންނަށް ޢަފޫކުރެއްވުން އުއްމީދުކުރެވެއެވެ.)) އަދި "عسى" (އުއްމީދުކުރުން އަންގައިދޭ) ކަލިމަ ގެނެވިފައިވަނީ ހިޖުރަކުރުމުގެ އަމުރުފުޅު (ވާޖިބު) ކަށަވަރުކޮށްދެއްވުމަށެވެ. އެއީ (މިފަދަ ޢުޛުރުގެ ސަބަބުން) ހިޖުރަކުރުން ވާޖިބުނުވާ މީހަކުވެސް ހިޖުރަނުކޮށް ދޫކޮށްލައިގެން ހުންނަ ހުރުމީ، އެކަމަށްޓަކައި ޢަފޫކުރެއްވުމަށް އެދެންޖެހޭފަދަ ފާފައެއްކަމަށް ހީކުރެވޭ މިންވަރަށެވެ. ❝ ~ ގަލަންދާނު 🖋️
Open in TelegramTIMELINE The Six Books and Their (major) Commentaries [In order of the author's death, Hijri (AH).]
Open in TelegramAL-KUTUB AL-SITTAH (The Six Books of Ḥadīth) Among the most authentic books of Ḥadīth and traditions (Āthār), each with its famous commentaries (shurūḥ). Text (selectable) , HD /PDF (link) ~ Galandān 🖋️
Open in Telegram🖋️ މުސްލިމުންގެ ލެޔާއި މުދަލުގެ ހުރުމަތާއި، މުސްލިމުންގެ ބިންތަކާއި އޭގައިވާ މީސްތަކުންގެ އަޞްލާއިމެދު ޚަވާރިޖުންނާއި ހައްދުފަހަނައެޅި ފިކުރުތަކަށް ދެވިފައިވާ ބައެއް ރައްދުތަކުގެ އަރުޝީފު (1️⃣) މުރުތައްދު ވެއްޖެ ކަމަށް ޘާބިތު ވެއްޖެ މީހާގެ މުދަލުގެ ފިޤުހު (ލިޔުން) ⚙️ މިލިޔުމުގެ މައްްޗަށްވާ އިންޕޮގުރެފިކް އެއް (ލިޔުން) (2️⃣) މުސްލިމުންގެ ލެޔާއި މެދު ރައްކާތެރިވާށެވެ.— އަލްޢަލްވާން (ލިޔުން) (3️⃣) ކާފަރެއް ފުށުން މުސްލިމަކަށް ތަރިކަ މުދާ ވާރުތަ ކުރުމާއިމެދު އޮތް ޚިލާފުގެ ޚުލާސާ (ލިޔުން) (4️⃣) “މިއީ ޚަވާރިޖުންގެ މަގެވެ. އަދި ދުވަހަކުވެސް އަހަރެމެންގެ މަގެއް ނޫނެވެ.” (ލިޔުން) (5️⃣) މުސްލިމެއްގެ މުދަލުގެ ޙުރުމަތް ދެމިގެންވެއެވެ. (ލިޔުން) (6️⃣) ޚަވާރިޖުން ދެކޭ ގޮތާއި ޚިލާފަށް މިޒަމާނުގެ އިސްލާމީ ގިނަ ބިންތަކުގެ ޙުކުމް ވަންނަނީ ދާރުލް މުރައްކަބާ ގެ ތެރެއަށް (ލިޔުން) (7️⃣) ބިންތަކާއި އަޅުންތަކުގެ ތެރޭގައި ކުފުރާއި ޝިރުކު ފެތުރިފައިވާ ކަމަށް ބުނެ، މުޖުތަމަޢުތަކަށް ތަކްފީރު ކޮށް، މީސްތަކުންގެ އަޞްލަކީ ކުފުރު ކަމަށް ބުނާ މީހުންގެ ބާޠިލު ފިކުރަށް ރައްދުތަކުގެ ސިލްސިލާ (ނުނިމޭ) (ލިޔުން) (8️⃣) ޚަވާރިޖުން ދެކޭ ގޮތާއި ޚިލާފަށް "ދާރުލް ކުފުރުއް ޠާރިއު" އަކީ "ދާރުލް ކުފުރު" އާއި ފަރަުޤުތަކެއް ވާއެއްޗެކެވެ. އަދި ދާރުލް މުރައްކަބަކީ އެއީއެވެ. (ލިޔުން) (9️⃣) ފަތުވާ: މުރުތައްދު މީހާގެ މުދަލުގެ، އަދި އޭނާއާއިއެކު ކުރެވޭ ވިޔަފާރިއާއި އެނޫން މުޢާމަލާތްތަކުގެ ޝަރުޢީ ޙުކުމް (ލިޔުން) (🔟) ބޭރުފުށަށް ފާޅުވާ އިސްލާމީ ޝިޢާރުތައް އިސްލާމްކަން ޘާބިތުކުރުމަށް ނުފުދޭ ކަމަށް ބުނެ މީސްތަކުންގެ އަޞްލަކީ ކުފުރުކަމަށް ބުނާ މީހުންނީ ޒިންދީޤުންނެވެ. (ލިޔުން) (🔢)ـ A Treatise On The Alteration Of Lands From One Type To The Other (see) (🔢)ـ "A Refutation of the Contemporary Kharijites" : On The Issue Of The Asl (Default Ruling) Of People Who Menifest Islam (see)
Open in Telegram🔴 ބޭރުފުށަށް ފާޅުވާ އިސްލާމީ ޝިޢާރުތައް އިސްލާމްކަން ޘާބިތުކުރުމަށް ނުފުދޭ ކަމަށް ބުނެ މީސްތަކުންގެ އަޞްލަކީ ކުފުރުކަމަށް ބުނާ މީހުންނީ ޒިންދީޤުންނެވެ. ❞ ފަހެ، ނަމާދު ފާޅުކުރުމަކީ ހަޤީޤީ މުސްލިމެއްގެ ކިބައިންވެސް ވެދާނެ ކަމެކެވެ، އަދި މުނާފިޤެއްގެ ކިބައިންވެސް ވެދާނެ ކަމެކެވެ. ހަމައެފަދައިން، ކަލިމަ ފާޅުކުރުމަކީވެސް ހަޤީޤީ މުސްލިމެއްގެ ކިބައިން ވެދާނެ ކަމެކެވެ، އަދި މުނާފިޤެއްގެ ކިބައިންވެސް ވެދާނެ ކަމެކެވެ. އަހަރެމެން حُكم ކުރަނީ އޭނާ ފާޅުކުރި ކަމެއްގެ މައްޗަށެވެ. އޭނާ އިސްލާމްދީން ފާޅުކޮށް، އަދި އެއާ ޚިލާފު ކަމެއް ނުގެންނަ ކަމުގައިވާނަމަ، މި ޝަރުޠާއެކު ސީދާ އޭނާގެ އިސްލާމްކަމަށް حُكم ކުރަމެވެ. އެހިނދު އޭނާގެ ބާޠިނު (ހިތުގެ ހާލަތު) ބެލުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އޭނާ (ހިތުތެރެއިން) އެޤަބޫލުކުރިތޯ ނުވަތަ ނޫންތޯ، ޠާޣޫތަށް ކުފުރުވޭތޯ ނުވަތަ ނޫންތޯ ފަދަ ކަންކަން ހޯދައިބެލުމެއް ނެތެވެ. މިއީ އަހުލުއްސުންނާ ވަލްޖަމާޢަތުގެ އަޞްލުތަކުގެ ތެރެއިންވާ ކަމެއް ނޫނެވެ، އެހެނެއްކަމަކު އަހަރެމެން މީހަކާމެދު حُكم ކުރަނީ އޭނާ ފާޅުކުރި ކަމެއްގެ މައްޗަށެވެ. އަދި މި ނައްޞު ވަރަށް ސާފުވެފައި ބަޔާންވެގެންވެއެވެ. އަދި މި شعائر ތައް މިއަދު މަސްހުނިވެފައިވާ ކަމަށް ބުނާ ބަހާ މެދުގައި ދަންނައެ، (އެވެރިން) ބުނެއެވެ: މި شعائر ތައް މިހާރު މުޝްރިކުންނާއި އެހެނިހެން މީހުންނާ ދެމެދު ވަނީ މަސްހުނިވެފައެވެ. ފަހެ ޒިންދީޤެއް މެނުވީ މިފަދަ ބުނުމެއް ނުބުނާނެއެވެ. އެބުނުމަކީ، ބަންގިއާއި، ނަމާދާއި، ޒަކާތް ފަދަ ކަންކަމަކީ އިސްލާމްދީނުގެ ދަލީލެއް ކަމުގައި ނުދެކޭ، އަދި އެއީ މުޝްރިކުންގެ ކިބައިންވެސް ފެންނަ ކަމަކަށްވާތީ އެއީ (ބޭރުފުށަށް އިސްލާމްކަން ކަނޑައެޅުމަށް) ދަލީލެއް ނޫން ކަމަށް ބުނާ ބުނުމެވެ. މިއީ ޒިންދީޤެއްގެ ކިބައިން މެނުވީ ނުއަންނާނެ ދަޢުވާއެކެވެ. އަދި މިއީ މިއަދުގެ ޚަވާރިޖުންގެ މަޛްހަބެވެ. ❝ — ޢަޙްމަދް އަލްޙާޒިމީ ❞ ފަހެ، ބޮޑެތި ފާފަކުރާ މީހުންނަކީ ކާފަރުން ކަމަށް ބުނާ މީހާ، މިއީ ޚަވާރިޖުންގެ ތެރެއިންވާ މީހެކެވެ. އެފަދަމީހާ އަށް ކަނޑައެޅި ބުނެވެނީ އެއީ ޚާރިޖީއެއް ކަމަށެވެ. ނުވަތަ، އެންމެހައި މުސްލިމު މީސްތަކުންގެ އަޞްލަކީ ކުފުރު ކަމަށް ބުނާ މީހާ: މިގޮތުން — އެމީހަކީ މުސްލިމެއްކަން(ސީދާ) އަހަރެން ގާތުގައި ޘާބިތުނުވާހާ ހިނދަކު އެއްވެސް މީހެއްގެ އިސްލާމްކަން އަހަރެން ޘާބިތެއް ނުކުރަމޭ — ބުނާ މީހާ، އަދި މުސްލިމުންގެ ބިންތަކަކީ ދާރުލްޙަރްބު ކަމަށް (އެބަހީ ލެޔާ މުދަލުގެ ޙުރުމަތް އޭގެ ޒާތުގައި ކެނޑިފައިވާ، އަޙުދެއް ނެތް ކާފަރު ބިމެއް ކަމަށް) ދެކޭ މީހާ، ފަހެ މިއީ ޚަވާރިޖުންގެ ތެރެއިންވާ މީހެކެވެ. ❝ — އައްޝެއިޚް ސުލައިމާން އަލްޢަލްވާން (މަޞްދަރު: އޯޑިއޯ) ~ ގަލަންދާނު 🖋️ ـــــــــــــــــــــــ ނޯޓް: އަހަރެމެން ވާނީ މިމައްސަލައިގެ މައްޗަށް ތަފްޞީލީ ފަތުވާއެއް (އިނގިރޭސިބަހުން) މީގެ ކުރިން ގެނެސްދީފައެވެ. (ކިޔާލުމަށް)
Open in Telegram⚠️ ހަށަންބަންތަކްބީރު ކިޔުމުގައި ލަފްޒުތަކަށް ރައްކާތެރިވުން ސުވާލު: ތަކްބީރަތުލް އިޙްރާމް ކިޔާއިރު ބައެއް ފަހަރު އަޅުގަނޑުގެ ދުލުން "ރާ" (ر) އަކުރު ތަކްރާރުވެއެވެ. ވީމާ، އަލުން ނިޔަތްގަނެ ތަކްބީރު ކިޔަންޖެހޭނެހެއްޔެވެ؟ ނުވަތަ މީގެ ސަބަބުން ނަމާދުގެ ޞައްޙަކަމަށް އަޘަރެއް ކުރާނެހެއްޔެވެ؟ ޖަވާބު: الحمد لله، والصلاة والسلام على رسول الله، وعلى آله وصحبه، أما بعد: ތަކްބީރަތުލް އިޙްރާމް ކިޔާއިރު "ރާ" (ر) އަކުރު ތަކްރާރުކުރުން ނުވަތަ ތަޝްދީދުކުރުމަކީ ގިނަ ޢިލްމުވެރިންގެ އަރިހުގައި (ކުށެއް ކަމުގައި ވިޔަސް) ނަމާދުގެ ޞައްޙަކަމަށް އަޘަރުކުރާ ކަމެއް ނޫނެވެ. އެހެނަސް ބައެއް ޢިލްމުވެރިން، އެއީ (ނަމާދުގެ ރުކުނަކަށް) އަކުރެއް އިތުރުކުރުން ކަމުގައި ބައްލަވައި އޭގެ ސަބަބުން ނަމާދު ބާޠިލުވާނެ ކަމަށް ވިދާޅުވެފައިވެއެވެ. އިމާމް އައްރަމްލީ "ނިހާޔަތުލް މުޙްތާޖް" ގައި މި މައްސަލައިގައި އައްޝާފިޢީ މަޛްހަބުގެ ފުޤަހާއިންގެ މެދުގައި އޮތް ޚިލާފު ޛިކުރުކުރައްވަމުން، ނަމާދު ބާޠިލުނުވާނެ ކަމަށް ތަރްޖީޙު ދެއްވައި ވިދާޅުވެފައިވެއެވެ: "މާނަ ބަދަލުވާ ފަދައިން އަކުރެއް އިތުރުކުރުމުން ނަމާދަށް ގެއްލުންވެއެވެ (ބާޠިލުވެއެވެ). އެއީ 'ﷲ' ގެ ހަމްޒާ ދެމުމާއި (އެބަހީ: آللَّه މިހެން)، އަދި 'ބާ' ގެ ފަހަތަށް އަލިފެއް އިތުރުކުރުން (އެބަހީ ތަކްބީރުގައި ﷲ أكبار މިހެން)، ފަދަ ކަންކަމެވެ. (މިފަދަ ކަންކަމުގެ ސަބަބުން ނަމާދު ޞައްޙަ ކަމަށް ބުރުއަރައެވެ.) ސަބަބަކީ އެއިރުން (މިޘާލަކަށް أكبار އޭ ކިޔުމުން) އެ ބަސް ބަދަލުވަނީ އެއްކޮޅުގައި ހަން އަޅާފައި އޮންނަ ބެރު ކަމަށްވާ 'ކަބަރް' ގެ ޖަމްޢުއެވެ. (ގިނަގޮތެވެ.) އަދި ޤައްފާލުގެ ފަތާވާގައިވާ ފަދައިން ﷲ ގެ އިސްމުފުޅުގެ ކުރިއަށް 'ވާވު' އަކުރު އިތުރުކުރުމާއި، ނުވަތަ 'أكبر' ގެ 'ب' ނުވަތަ އިބްނު ރަޒީން ފަތުވާ ދެއްވާފައިވާ ފަދައިން އޭގެ 'ر' ތަޝްދީދުކުރުން ވެސް (މިކުށުގެ ތެރޭގައި ހިމެނެއެވެ.) ފުރަތަމަ ބައިގައި (ب ތަޝްދީދުކުރުމުގައި) އެކަން ސާފުކޮށް (ޞައްޙަކަމަށް ބުރޫއަރާ ކުށެއް ކަން) އެނގެއެވެ. ނަމަވެސް ދެވަނަ ބަޔާމެދު ( ر ތަޝްދީދުކުރުން ނުވަތަ ތަކްރާރުކުރުމުގެ ކަންތަކުގައި) ދަންނައެ، އިބްނުލް ޢިމާދާއި އެނޫން ބޭކަލުން ވިދާޅުވި ފަދައިން އެބުނުން ބަލައިނުގަނެވެއެވެ. ސަބަބަކީ 'ر' އަކީ އޭގެ ޠަބީޢަތުގައިވެސް ތަކްރާރުވާ (تكرير) އަކުރަކަށްވެފައި، އެ އިތުރުވުމުން (ކުށެއް ކަމުގައި ވިޔަސް) މާނަ ބަދަލުނުވާތީއެވެ." —ނިމުނީ. ވީމާ، ތިބާގެ ކިބައިން މިފަދަ ކަމެއް (ر ތަކުރާރު ވުން ފަދަ މާނަ ބަދަލުނުވާ ކުށެއް) ދިމާވިނަމަވެސް ތިބާގެ ނަމާދު ޞައްޙަވާނެކަމަށް އުންމީދުކުރެވެއެވެ. ނަމަވެސް ތިބާއަށް އޮތް އެންމެ ރަނގަޅު ގޮތަކީ މިފަދަ ކަންކަމުން ދުރުހެލިވުމަށް ސަމާލުކަން ދިނުމެވެ. ސަބަބަކީ އެއީ ކިޔުމުގެ ކުށަކަށް (ލަޙްނަކަށް) ވާތީއާއި، އެކަމުގެ ސަބަބުން ނަމާދު ބާޠިލުވާނެ ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެފައިވާތީއެވެ. (ރައްކަލެއް ގޮތުގައެވެ.) "މަވާހިބުލް ޖަލީލު" ގައި (މުއައްލިފު) ވިދާޅުވެފައިވެއެވެ: "ﷲ ގެ އިސްމުފުޅުގެ ހަމްޒާ (أ) އާއި ل އާއި ދެމެދު ދެމުމުން ދުރުހެލިވާންޖެހެއެވެ. އެއީ ސުވާލެއް ކުރާފަދަ ގޮތަކަށް ސިފަވެދާނެތީއެވެ. އަދި 'ب' އާއި 'ر' އާއި ދެމެދު ދެމުމުންވެސް ދުރުހެލިވާންޖެހެއެވެ. އެއީ މާނަ ބަދަލުވާނެތީއެވެ. އަދި (الله ކިޔާ އިރު) 'ه' ގެ ޟައްމާ (އުބުފިލި) މާބޮޑަށް ދަމައިގެން 'و' އެްް އުފެދޭވަރަށް ނުކިޔުމާއި، (أكبر ގެ) 'ر' އަށް ތަޝްދީދުދީ މަޑުކުރުމުން ދުރުހެލިވާންޖެހެއެވެ. މި އެންމެހައި ކަންކަމަކީ ކިޔުމުގައިވާ ކުށްތަކެކެވެ (ލަޙްނެވެ). އަދި މީގެ ސަބަބުން ނަމާދު ބާޠިލުވެދާނެކަމުގެ ބިރުއޮތް ކަންކަމެވެ." ނިމުނީ. والله أعلم . — ޤަޠަރުގެ ފަތުވާ ބޯޑު، އިސްލާމްވެބް (153453) ~ ގަލަންދާނު 🖋️
Open in Telegramنَضَّرَ اللَّهُ امْرَأً — މިޙަދީޘުގެ ތަޢާރަފެއް ~ ގަލަންދާނު 🖋️ 🔗 https://mono.glndn.com/s/tZuwRtZgOE
Open in Telegram